ޚަބަރު

ދިވެހިރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
Featured

ދިވެހިރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

Ref: 2026/PR/151

ދިވެހި ސަރުކާރާއި އިތިއޯޕިއާ ސަރުކާރާ ދެމެދު ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކާ ގުޅޭ ބައިލެޓަރަލް އެއާ ސާވިސަސް އެގްރީމަންޓް (އޭ.އެސް.އޭ) އެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއީ ދިވެހިރާއްޖެއާއި އިތިއޯޕިއާއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ލިބުނު މުހިންމު ކުރިއެރުމެއްގެ އިތުރުން، ވައިގެ ދަތުރުފަތުރުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، އަލްފާޟިލް މުޙައްމަދު އަމީން އެވެ. އަދި އިތިއޯޕިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް މިސްޓަރ ޔޯހަންނޭސް އަބޭރާ ބެލޭޓޭ އެވެ.

މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ވައިގެ މަގުން ދަތުރުފަތުރުގެ ގުޅުންތައް އިތުރަށް ފުޅާވެ، ފަތުރުވެރިކަމާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ އިތުރުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. އަދި މި އެއްބަސްވުމަކީ އެފްރިކާގެ ޤައުމުތަކާއެކު ރާއްޖެއިން ބާއްވާ ގުޅުންތައް ވަރުގަދަކޮށް، ވައިގެ ދަތުރުފަތުރުގެ ދާއިރާއިން އިތުރު ފުރުޞަތުތައް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960