ޚަބަރު

ތައިލޭންޑަށް ދަތުރުކުރާ ދިވެހިންގެ ސަމާލުކަމަށް
Featured

ތައިލޭންޑަށް ދަތުރުކުރާ ދިވެހިންގެ ސަމާލުކަމަށް

 

ތައިލޭންޑް ގެ ސަރުކާރުން އެ ޤައުމުގެ ވިސާ  ޕޮލިސީ އަށް ގެނައި ބަދަލުތައް 31 އޮގަސްޓް 2026 ގައި ރަސްމީކޮށް ގެޒެޓްކުރުމާ ގުޅިގެން، މި ސެޕްޓެމްބަރު މަހުގެ 15 އިން ފެށިގެން އެބަދަލުތަކަށް ޢަމަލުކުރަން ފެށިގެންދާނެއެވެ. އަދި ތައިލޭންޑް ގެ ވިސާ އަށް މިގެނައި ބަދަލާގުޅިގެން 15 ސެޕްޓެމްބަރ 2026 އިން ފެށިގެން އެ ޤައުމަށް ޒިޔާރަތްކުރާ ދިވެހިފަތުރުވެރިންނަށް ވިސާއާ ނުލައި، އެ ޤައުމުގައި 30 ދުވަހުގެ މުއްދަތަށް ތިބެވޭނެއެވެ. 
 
މި އަހަރުގެ މެއި މަހުގެ ތެރޭގައި ތައިލޭންޑް ސަރުކާރުގެ ކެބިނެޓުން ވަނީ އެ ޤައުމުގެ ވިސާ ޕޮލިސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، 93 ޤައުމެއްގެ ފަތުރުވެރިންނަށް ވިސާ އާ ނުލައި އެޤައުމުގައި ތިބެވޭ މުއްދަތު 60 ދުވަހަށްވުރެ ކުޑަކުރުމަށް ނިންމާފައެވެ. އަދި ދިވެހިރާއްޖެ އޮތީ ވިސާ އާ ނުލައި ތައިލޭންޑް އަށް ޒިޔާރަތްކޮށް އެ ޤައުމުގައި ތިބުމަށް 15 ދުވަސް ދޭޤައުމުތަކުގެ ލިސްޓުގައި ކަމަށްވާތީ، 29 ޖޫން 2026 ގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ އިރުތިޝާމް އާދަމް، ތައިލޭންޑް ގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސަލަންސީ ސީހާސަކް ފޫވަންގްގެޓްގޭއޯ އާ ފޯނުން ގުޅުއްވައި، މިކަމާގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ދެ ވަޒީރުންގެ ވާހަކަފުޅަށްފަހު، ޖުލައި މަހުގެ 14 ގައި ވިސާ ޕޮލިސީ އަނެއްކާ ވެސް މުރާޖާކޮށް އާންމުކުރި ނިންމުމުގައި،ތައިލޭންޑް އަށް ވިސާ އާ ނުލައި ދިވެހީންނަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދީފައިވެއެވެ.

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960