ޚަބަރު

ވިއެޓްނާމުގެ ޤައުމީ  ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީވަޒީރަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

ވިއެޓްނާމުގެ ޤައުމީ  ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީވަޒީރަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

 

ވިއެޓްނާމު ގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، އެ ޤައުމުގެ ޚާރިޖީ ވަޒީރު ހިޒް އެކްސެލެންސީ ލީ ހޮއެ ޓްރަންގް އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖު ތިރީގައި އެވަނީއެވެ.

"ވިއެޓްނާމުގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި، ވިއެޓްނާމު ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ނުހަނު ބޮޑު އުފަލެކެވެ.

ދިވެހިރާއްޖެ އާއި ވިއެޓްނާމް އާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުމުގެ އަގު ރާއްޖެއިން ވަޒަންކުރަމެވެ. ކުރިއަށް އޮތް އަހަރުތަކުގައި، ދެޤައުމުގެ ދެމެދު އޮންނަ ގާތް ގުޅުމާއި މަލްޓިލެޓަރަލް ފޯރަމްތަކުގައި ދެޤައުމުގެ ރައްޔިތުންނަށް ފައިދާހުރި ކަންކަމުގައި އެއްބާރުލުން އިތުރުވާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތެވެ.

މި ފުރުޞަތުގައި، މަނިކުފާނަށް ދުޅަހެޔޮ ޞިއްހަތާއި ކާމިޔާބީ އަށް އެދި، އަދި ވިއެޓްނާމްގެ ރައްޔިތުންނަށް އަމާންކަމާއި، ކުރިއެރުމާއި އުފާ ފާގަތިކަމަށް އެދެމެވެ. 

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރުއާކޮށް، އެކަން ޔަޤީންކޮށް އަރުވަމެވެ."

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960