ސެން މަރީނޯ ގެ ފައުންޑޭޝަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ލޫކާ ބެކާރީ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ސެން މަރީނޯ ގެ ފައުންޑޭޝަން ދުވަހުގެ ތަހުނިޔާ މަނިކިފާނަށާއި ސެން މަރީނޯ ގެ ސަރުކާރު އަދި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރަމެވެ.
އަޅުގަނޑުގެ އުންމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި ދިވެހިރާއްޖެ އާއި ސެން މަރީނޯ އާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަނިކުފާނާ ގުޅިގެން މަސައްކަތްކުރުމެވެ.
އަޅުގަނޑު، މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ."
ނިމުނީ.