ޚަބަރު

ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލައްވައިފި
Featured

ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލައްވައިފި

Ref: 2026/PR/82

 މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ނިންމަވާލައްވަވައި މިއަދު ނިއުދިއްލީއިން ފުރާވަޑައިގެންފިއެވެ. 

މި ދަތުރުފުޅުގައި، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް، ޑރ. އެސް ޖައިޝަންކަރު އާއި މިނިސްޓަރ އިރުތިޝާމް އާދަމް ބައްދަލުކުރެއްވެވިއެވެ. މި ބައްދަލުކުރެއްވުމުގައި އިންޑިޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެއްވިއެވެ.  އަދި އިންޑިއާގެ މިނިސްޓަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ޕިޔުޝް ގޮޔާލް އާ ބައްދަލުކުރައްވައި ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވެވިއެވެ.

މީގެ އިތުރުން، އިންޑިއާގެ މީޑިއާއަށް ބަސްދީގަތުމެއް ދެއްވައި، ދިވެހިރާއްޖެއާއި އިންޑިއާ އާ ދެމެދު އޮންނަ ގާތްގުޅުމަށް މިނިސްޓަރ އިރުތިޝާމް އާދަމް އަލިއަޅުއްވާލެއްވެވިއެވެ.

މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމްގެ އަރިހުގައި އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، ޢާއިޝަތު އަޒީމާ، ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ، ފޮރިން މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ އާމިނަތު ގުރޭޝާ އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުގެ ފަސްޓް ސެކްރެޓަރީ ފާތިމަތު ލިޔުޝާ ބައިވެރިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960