ޚަބަރު

އިންޑޮނޭޝިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީވަޒީރަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

އިންޑޮނޭޝިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީވަޒީރަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

Ref: 2026/PR/194

 އިންޑޮނޭޝިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމް، އިންޑޮނޭޝިއާގެ ޚާރިޖީ ވަޒީރު ހިޒް އެކްސެލެންސީ ސުޖިއޯނޯ އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖު ތިރީގައި އެވަނީއެވެ. 

" އިންޑޮނޭޝިއާގެ މިނިވަން ދަވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި، އިންޑޮނޭޝިއާ ސަރުކާރު އަދި ރައްޔިތުންނަށް ތަހުނިޔާ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ނުހަނު ބޮޑު އުފަލެކެވެ. 

ދިވެހިރާއްޖެ އާއި އިންޑޮނޭޝިއާ އާ ދެމެދު، އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައި އޮންނަ، ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުމަކީ ރާއްޖެއިން އޭގެ އަގުވަޒަންކުރާ ގުޅުމެކެވެ. އަދި ދިވެހިރާއްޖެ އާއި އިންޑޮނޭޝިއާ  އާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުން އިސްކަންދޭ ދާއިރާތަކުން އިތުރު ފުރުޞަތުތައް ހޯދުމަށް އެކުގައި މަސައްކަތް ކުރުމަށް އުންމީދުކުރަމެވެ. 

ދިވެހިރާއްޖެ އާއި އިންޑޮނޭޝިއާ އާ ދެމެދުގައިވާ އެކުވެރި އަދި ގާތްގުޅުން އިތުރަށް ފަހިވެ، ދެ ޤައުމުގެ ރައްޔިތުންނަށް ލާބަ އާއި މަންފާގެނެސްދޭނެކަމާއިމެދު ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބައޮތެވެ.

އަޅުގަނޑު މަނިކުފާނަށް ކުރާޤަދަރު އާކޮށް އެކަން ޔަޤީންކޮށް އަރުވާ، މަނިކުފާނަށް ދުޅަހެޔޮ ޞިއްހަތާއި ކާމިޔާބީ އަށް އެދެމެވެ." 

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960