ޚަބަރު

އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ޤައުމީ ދުވަހުގެ ގޮތުގައި  ފާހަގަކުރާ  ރަސްގެފާނު، ހިޒް  މެޖެސްޓީ  ކިންގް  ޗާރލަސް  III  ގެ  ރަަސްމީ  އުފަން  ދުވަހުގެ  ތަހުުނިޔާ ދިވެހިރާއްޖޭ ގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ރަސްގެފާނު، ހިޒް މެޖެސްޓީ ކިންގް ޗާރލަސް III ގެ ރަަސްމީ އުފަން ދުވަހުގެ ތަހުުނިޔާ ދިވެހިރާއްޖޭ ގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

Ref: 2026/PR/121

އިނގިރޭސިވިލާތު ގެ ޤައުމީ ދުވަހުގެ  ގޮތުގައި  ފާހަގަކުރާ  ރަސްގެފާނު، ހިޒް  މެޖެސްޓީ  ކިންގް  ޗާރލްސް III  ގެ  ރަސްމީ  އުފަން ދުވަހުގެ މުނާސަބަތުގައި  އިނގިރޭސިވިލާތު ގެ ސެކްރެޓަރީ  އޮފް  ސްޓޭޓް  ފޮރ  ފޮރިން،  ކޮމަންވެލްތު  އެންޑް  ޑިވެލޮޕްމަންޓް  އެފެއާޒް،  ދަ  ރައިޓް  އޮނަރަބަލް  އިވެޓް  ކޫޕަރ އަށް ދިވެހިރާއްޖޭ ގެ ޚާރިޖީ ވަޒީރު،  އަލްފާޟިލާ  އިރުތިޝާމް  އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.

"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި،  އިނގިރޭސިވިލާތު ގެ  ސަރުކާރަށާއި  ރައްޔިތުންނަށް އިނގިރޭސިިވިލާތު ގެ  ޤައުމީ  ދުވަހުގެ  ގޮތުގައި  ފާހަގަކުރާ  ރަސްގެފާނު، ހިޒް  މެޖެސްޓީ  ކިންގް  ޗާރލްްސް  III ގެ  ރަސްމީ  އުފަން  ދުވަހުގެ  މުނާސަބަތުގައި ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮއެދުންތައް  އަރިސްކުރަމެވެ. 

އަދި ކުރިއަށް  އޮތް  އަހަރުތަކުގައި ދިވެހިރާއްޖެ  އާއި  އިނގިރޭސިވިލާތާއި  ދެމެދުގައި  އޮންނަ  ތާރީޚީ  އަދި  ޒަމާންވީ  ގުޅުން  އިތުރަށް  ހަރުދަނާކުރުމުގެ  މަސައްކަތް  ކަމަނާއާއި  ގުޅިގެން  ކުރިއަށް  ގެންދިޔުމަށް  އަޅުގަނޑު  ތައްޔާރަށް  ހުރިކަމުގެ  ފުރިހަމަ  ޔަޤީންކަން  އަރުވަމެވެ. 
‏‎‏
އަޅުގަނޑު ކަމަނާ އަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960