ޚަބަރު

‏ޖެމެއިކާގެ ޚާރިޖީ ވަޒީރަށް އެ ގައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

‏ޖެމެއިކާގެ ޚާރިޖީ ވަޒީރަށް އެ ގައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

Ref: 2026/PR/183

‏‎ޖެމެއިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ހަރ އެކްސެލެންސީ ކަމިނާ ޖޯންސަން ސްމިތް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. 

‏‎ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.

"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ކަމަނާއަށާއި ޖެމެއިކާގެ ސަރުކާރަށާއި ރައްޔިތުންނަށް، ޖެމެއިކާގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

‎ ‎ ދިވެހިރާއްޖެއާއި ޖެމެއިކާ އަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ޤައުމު ކަމުގައިވާތީ، ކުރިއަށް އޮތް އަހަރުތަކުގައިވެސް، ޖެމެއިކާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި އަޅުގަނޑު ޔަޤީންކުރަމެވެ.

‏‎އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960