ޚަބަރު

‏ކެނެޑާގެ ޚާރިޖީ ވަޒީރަށް ކެނެޑާ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

‏ކެނެޑާގެ ޚާރިޖީ ވަޒީރަށް ކެނެޑާ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

Ref: 2026/PR/130

‏‎ކެނެޑާ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ހަރ އެކްސަލަންސީ ދި އޮނަރަބަލް އަނީތާ އާނަންދް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

‎ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.

‎"ކެނެޑާ ދުވަހުގެ މުނާސަބަތުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ކަމަނާ އާއި ކެނެޑާ ގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

‎ދިވެހިރާއްޖެ އާއި ކެނެޑާ އާ ދެމެދު އޮންނަ ޒަމާންވީ އެކުވެރި ޤުޅުމަކީ، އިޚްތިރާމާއި ޤަދަރުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެކެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދިވެހިރާއްޖެ އާއި ކެނެޑާ އާ ދެމެދު އޮންނަ އެއްބާރުލުން އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތެވެ.

‎އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ."

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960