ޚަބަރު

ކިރިގިޒްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީވަޒީރަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

ކިރިގިޒްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީވަޒީރަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

 

ކިރިގިޒްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމް، ކިރިގިޒްތާނުގެ ޚާރިޖީ ވަޒީރު ހިޒް އެކްސެލެންސީ ޒީންބެކް ކުލޫބައެވު އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖު ތިރީގައި އެވަނީއެވެ. 

"ކިރިގިޒްތާނުގެ މިނިވަން ދަވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި، ކިރިގިޒްތާނު ސަރުކާރު އަދި ރައްޔިތުންނަށް ތަހުނިޔާ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ނުހަނު ބޮޑު އުފަލެކެވެ. 

ދިވެހިރާއްޖެ އާއި ކިރިގިޒްތާނު އާ ދެމެދު، އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައި އޮންނަ، ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުމަކީ ރާއްޖެއިން އޭގެ އަގުވަޒަންކުރާ ގުޅުމެކެވެ. އަދި ދިވެހިރާއްޖެ އާއި ކިރިގިޒްތާނު އާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުން އިސްކަންދޭ ދާއިރާތަކުން އިތުރު ފުރުޞަތުތައް ހޯދުމަށް އެކުގައި މަސައްކަތް ކުރުމަށް އުންމީދުކުރަމެވެ. ދިވެހިރާއްޖެ އާއި ކިރިގިޒްތާނު އާ ދެމެދުގައިވާ އެކުވެރި އަދި ގާތްގުޅުން އިތުރަށް ފަހިވެ، ދެ ޤައުމުގެ ރައްޔިތުންނަށް ލާބަ އާއި މަންފާގެނެސްދޭނެކަމާއިމެދު ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބައޮތެވެ.

އަޅުގަނޑު މަނިކުފާނަށް ކުރާޤަދަރު އާކޮށް އެކަން ޔަޤީންކޮށް އަރުވާ، މަނިކުފާނަށް ދުޅަހެޔޮ ޞިއްހަތާއި ކާމިޔާބީ އަށް އެދެމެވެ." 

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960