ޚަބަރު

ލަގްޒަމްބަރގް ގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

ލަގްޒަމްބަރގް ގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

Ref: 2026/PR/126

ލަގްޒަމްބަރގް ގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު، މިނިސްޓަރ ފޮރ ފޮރިން އެފެއާޒް އަދި މިނިސްޓަރ ފޮރ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެންޑް ހިއުމެނިޓޭރިއަން އެފެއާޒް، ހިޒް އެކްސަލަންސީ ޒަވިއޭ ބެޓެލް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.

"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި މަނިކުފާނަށާއި ލަގްޒަމްބަރގް ގެ ސަރުކާރާއި ރައްޔިތުންނަށް ލަގްޒަމްބަރގް ގެ ގްރޭންޑް ޑިއުކްގެ ރަސްމީ އުފަންދުވަސް ފާހަގަކުރާ ޤައުމީ ދުވަހުގެ މުނާސަބަތުގައި އިޚްލާސްތެރިކަމާއެކު ހޫނު މަރުހަބާ އެއް އަރިސްކުރަމެވެ.

އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން ވަޒަންކޮށް، ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދިވެހިރާއްޖެއާއި ލަގްޒަމްބަރގް ގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި އަޅުގަނޑު ޔަޤީންކުރަމެވެ.

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960