ޚަބަރު

މޮންޓަނޭގްރޯ ގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ސްޓޭޓްހުޑް ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

މޮންޓަނޭގްރޯ ގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ސްޓޭޓްހުޑް ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

Ref: 2026/PR/142

މޮންޓަނޭގްރޯގެ ސްޓޭޓްހުޑް ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ފޮރ އިންޓަރނޭޝަނަލް ރިލޭޝަންސް އެންޑް މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސަލަންސީ އެރްވިން އިބްރަހިމޮވިޗް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.

"މޮންޓަނޭގްރޯ ގެ ސްޓޭޓްހުޑް ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި މޮންޓަނޭގްރޯ ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ހެޔޮއެދުންތައް އަރިސްކުރަމެވެ.

އަޅުގަނޑުމެންގެ  ދެ  ޤައުމުގެ  ދޭތެރޭގައި  އޮންނަ  ގުޅުން ކުރިއަށް އަހަރުތަކުގެ ތެރޭގައި އިތުރަށް ހަރުދަނާކުރުމަށް މަނިކުފާނާއެކު މަސައްކަތްކުރުމަށް އަޅުގަނޑު ތައްޔާރަށް ހުރިކަމުގެ ޔަޤީންކަން އަރުވަމެވެ.

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ."

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960