ޚަބަރު

ނެދަރލެންޑްސްގެ ޚާރިޖީ ވަޒީރަށް ރަސްގެފާނުގެ އުފަންދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާ ފޮނުއްވައިފި

ނެދަރލެންޑްސްގެ ޚާރިޖީ ވަޒީރަށް ރަސްގެފާނުގެ އުފަންދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާ ފޮނުއްވައިފި

Ref: 2026/PR/65

ނެދަރލެންޑްސްގެ ރަސްގެފާނުގެ އުފަންދުވަހުގެ މުނާސަބަތުގައި އެގައުމުގެ ޚާރިޖީ ވަޒީރު ޓޮމް ބެރެންޑްސަން އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. 

‏‎ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.

"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ނެދަރލެންޑްސްގެ ރަސްގެފާނު ހިޒް މެޖެސްޓީ ކިންގް ވިލެއެމް-އެލެގްޒެންޑަރގެ އުފަންދުވަހުގެ މުނާސަބަތުގައި މަނިކުފާނަށާއި ނެދަރލެންޑްސްގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

މި ފުރުސަތުގައި، އަޅުގަނޑުމެންގެ ދެޤައުމުގެ ދެމެދުގައި އޮތް ދުވަސްވީ ރަޙްމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތްތާނގައިވެސް އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަމެވެ. 

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960