ޚަބަރު

ނޯތު މެސެޑޯނިއާގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

ނޯތު މެސެޑޯނިއާގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

Ref: 2026/PR/181

ނޯތު މެސެޑޯނިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ހިޒް އެކްސަލަންސީ ޓިމްޗޯ މުޗުންސްކީ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު،  އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ 

ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ނޯތު މެސެޑޯނިއާގެ ޖުމްހޫރީ ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި، ނޯތު މެސެޑޯނިއާގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ. 

އަދި ކުރިއަށް އޮތް ތާނގައިވެސް ދެޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި އަޅުގަނޑު ޔަޤީންކުރަމެވެ.

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރުއާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ. 

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960