Ref: 2026/PR/88
ނޯވޭ ގެ ކޮންސްޓިޓިއުޝަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، އެސްޕެން ބާރތް އެއިޑް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށާއި ނޯވޭ ގެ ސަރުކާރަށާއި ރައްޔިތުންނަށް، ނޯވޭ ގެ ކޮންސްޓިޓިއުޝަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސް ކުރަމެވެ.
އަދި ކުރިއަށް އޮތްތާނގައިވެސް ރާއްޖެ އާއި ނޯވޭ އާ ދެމެދުގައިވާ ގާތްގުޅުން ދެ ޤައުމަށް ވެސް ފާއިދާ ކުރުވަނިވި ގޮތެއްގައި، އިތުރަށް ބަދަހި ވެގެންދާނެ ކަމުގައި އަޅުގަނޑު ޔަޤީން ކުރަމެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުން ކުރީމެވެ."
ނިމުނީ.