ޚަބަރު

އުޒްބެކިސްތާންގެ މިނިވަން ދުވަހުގެ ތަހުނިޔާ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ފޮނުއްވައިފި

އުޒްބެކިސްތާންގެ މިނިވަން ދުވަހުގެ ތަހުނިޔާ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ފޮނުއްވައިފި

 

އުޒްބެކިސްތާން ގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ސައިދޮވް ބަޚްތިޔޯރް އޮޑިލޮވިޗް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. 

މިނިސްޓަރގެ މެސެޖު ތިރީގައި އެވަނީއެވެ.

"އުޒްބެކިސްތާން ގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި އުޒްބެކިސްތާން ސަރުކާރަށާއި އަދި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ. 

ދިވެހިރާއްޖެ އާއި އުޒްބެކިސްތާނާއި ދެމެދު އޮންނަ ގާތް އެކުވެރި ގުޅުމަށް ދިވެހިރާއްޖެއިން ވަރަށް މުހިންމުކަމެއް ދެމެވެ. އަދި މި ގުޅުން ކުރިއަށް އޮތްތާގައި އިތުރަށް ބަދަހިވެގެން ދާނެކަން ޔަގީން ކޮށް ދިވެހިރާއްޖެއަށާއި އުޒްބެކިސްތާނަށް ފައިދާ ހުރި ދާއިރާތަކުން ކުރިއެރުން ހޯދުމަށް ގުޅިގެން މަސައްކަތް ކުރުމަށް އުއްމީދު ކުރަމެވެ. 

މި ފުރުސަތުގައި މަނިކުފާނުގެ ދުޅަހެޔޮ ސިއްހަތާއި އުޒްބެކިސްތާންގެ ރައްޔިތުންނަށް އަމާންކަމާއި، އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އަޅުގަނޑު އެދެމެވެ."

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960